ޚަބަރު

ހުއްދަ ނެތް ކުންފުނިތަކުން ފްލެޓު ނުގަތުމަށް އެޗްޑީސީން އެދިއްޖެ

އަހުމަދު ޖައިޝަން

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ހުއްދަ ދީފައިވާ ކުންފުނިތަކުން ނޫން އެހެން ކުންފުނިތަކުން ވިއްކާ ފްލެޓުތައް ނުގަތުމަށް އެ ކޯޕަރޭޝަނުން އެދިއްޖެ އެވެ.

އެޗްޑީސީން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ކޯޕަރޭޝަނާއެކު ވެފައިވާ އެއްބަސްވުމުގައި ވާގޮތުން "ޑިވެލޮޕްމަންޓް އެންޑް ސޭލް ރައިޓްސް"ގެ ދަށުން އިމާރާތް ކުރާ ފަރާތްތަކުން ހައުސިން ޔުނިޓްތައް ވިއްކުމުގެ ކަންކަން ކުރިއަށް ގެންދަންޖެހޭނީ އެއްބަސްވުމުގައި ކަނޑައެޅިފައިވާ އުސޫލުގެ މަތީން ކަމަށެވެ.

އަދި އެ ހައުސިން ޔުނިޓް ވިއްކޭނީ އުސޫލުގެ މަތީން ވަކި މިންވަރަކަށް އިމާރާތް ތަރައްގީކޮށް ނިމުމުން ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

އެޗްޑީސީން ބުނީ ކަނޑައެޅިފައިވާ މިންވަރަށް އިމާރާތުގެ މަސައްކަތް ނިމުމުގެ ކުރިން ހައުސިން ޔުނިޓްތައް ވިއްކުމުގެ ކަންކަން ކުރިއަށް ގެންދިޔުމާއި ބުކިން ފީގެ ގޮތުގައި ހުއްދަ ކުރެވިފައިވާ މިންވަރަށްވުރެ އިތުރަށް ނެގުމަކީ އެ ކޯޕަރޭޝަނާއެކު ވެފައިވާ އެއްބަސްވުމާ ހިލާފު ކަމެއް ކަމަށެވެ.

އެ ބަޔާނުގައި ބުނެފައިވަނީ އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްގެން އެޗްޑީސީން ކުރިއަށް ގެންދާ ޕްރޮޖެކްޓުތަކުގެ ހައުސިން ޔުނިޓު ގަންނަ ފަރާތްތަކުން ފައިސާގެ އެއްވެސް މުއާމަލާތެއް ހިންގުމުގެ ކުރީން ސޭލްސް އެޕްރޫވަލް ދީފައިވާ ކަމުގެ ލިޔުމާއި ސޭލްސް އެންޑް ޕާޗޭސް އެގްރީމެންޓަށް ހުއްދަ ދީފައިވޭތޯ ބެލުން މުހިއްމު ކަމަށެވެ.

އެގޮތުން އެޗްޑީސީން ހުއްދަ ދީފައިވަނީ 12 ކުންފުންޏަކަށެވެ. އެއީ :

އަމީން ބިލްޑްވެއާ ޕްރައިވެޓް ލިމިޓެޑް

ބެޗް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް

ދަމާސް ކޮމްޕެނީ ޕްރައިވެޓް

އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑް

އެފް ޑަބްލިއު ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް

ރެއިންބޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް

ރެއިންބޯ ސިންގަލް ޑިވެލޮޕާސް ޕްރައިވެޓް ލިމިޓެޑް

ރިނާޓަސް ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑް

ޖާހު އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް

ޖަވާހިރު އިލެވެން ޕްރައިވެޓް ލިމިޓެޑް

ގްލޫޓް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް

އިނޯކާ ޕްރައިވެޓް ލިމިޓެޑް