ކަރަންޓީން ލިޔުމެއް ފޯޖްކޮށް، މަޖިލީހަށް ހުށަހެޅި އެ އިދާރާގެ މުވައްޒަފަކު ސަސްޕެންޑުކޮށްފިއެވެ.
މަޖިލީހުގެ އިދާރާއިން ބުނީ އެޗްޕީއޭގެ ކަރަންޓީން ލިޔުމެއް ފޯޖްކުރުމަށްފަހު، މަޖިލިސް އިދާރާއަށް ހުށަހެޅި މައްސަލައެއްގައި އެ އިދާރާގެ މުވައްޒަފަކު ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށެވެ.
މަޖިލީހުން ބުނީ އެ މުވައްޒަފު ސަސްޕެންޑް ކޮށްފައިވަނީ މިދިޔަ ހަފްތާގައި ކަމަށާއި ސަސްޕެންޑް ކޮށްފައިވަނީ އިދާރީ މުއައްޒަފެއް ކަމަށެވެ.
އޭނާ ސަސްޕެންޑް ކޮށްފައިވަނީ ދިހަ ދުވަހަށް ކަމަށް މަޖިލީހުން ބުނެއެވެ.