މަރާމާތަށް މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ ހުރި އިމާރާތް ބަންދުކޮށް މިނިސްޓްރީގެ މުވައްޒަފުން ނެޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)ގެ އިމާރާތަށް ބަދަލުކޮށްފި އެވެ.
ކޮމިއުނިކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު ވިދާޅުވި ގޮތުގައި ކޮމިއުނިކޭޝަން މިނިސްޓްރީގެ މުވައްޒަފުން ބޭނުން ބޭނުންކުރަމުން އައި އިމާރާތް ފާއިތުވި ހަތަރު އަހަރުތެރޭ ވަނީ އެއްވެސް މަރާމާތެއް ނުކޮށް ނަމަވެސް އެ އިމާރާތުގައި މުވައްޒަފުން ދިޔައީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް މިނިސްޓަރ މުހައްމަދު މަލީހު ޖަމާލް މަގާމާ ހަވާލުވުމަށް ފަހު އެ މިނިސްޓްރީގައި މަސައްކަތް ކުރައްވާ ބޭފުޅުން އެންސީއައިޓީއަށް ވަނީ ބަދަލުކޮށްފައެވެ.
މީގެ އިތުރުން އަލީ ސޯލިހު ވަނީ އެ އިމާރާތް މަރާމާތު ކުރުމުގެ މަސައްކަތް ފެށުމަށް މަސައްކަތް ކުރާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން މިއަދު މިނިސްޓަރ މަލީހް ވަނީ އެ އިމާރާތް މަރާމާތު ކުރުމުގެ ގޮތުން ތަނުގެ ހާލަތު ދިރާސާކުރުމަށް އެ އިމާރާތަށް ވަޑައިގެން ލިބިފައި ހުރި ގެއްލުންތައް ބައްލަވާލައްވައިފައެވެ.
އަލީ ސޯލިހު ވަނީ މިއީވެސް ބައެއްގެ އިހުމާލުން ރައްޔިތުންގެ މުދަލަށް ލިބިފައިވާ ގެއްލުމެއް ކަމަށް ވިދާޅުވެފައެވެ.