ޚަބަރު

ޖުމޭރާ ވިޓަވެލި ރިސޯޓުގައި މަސައްކަތްކުރާ ފިލިޕީންސް މީހަކު މަރުވެއްޖެ

ޖުމޭރާ ވިޓަވެލި ރިސޯޓުގައި މަސައްކަތްކުރާ ފިލިޕީންސް މީހަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ އެ ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިރޭ 7:30ގައި ކަމަށާއި އޭނާ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި މަރުވެފައިވަނީ ޖުމޭރާ ވިޓަވެލި ރިސޯޓުގައި ފަޔާ ޑާންސަރެއްގެ ގޮތުގައި މަސައްކަތްކުރާ މީހެކެވެ. އަދި އޭނާ މަރުވީ ހަށިގަނޑުގެ ތެރެއަށް ކަރާސީންގެ އަސަރުކޮށްގެން ކަމަށް މައުލޫމާތު ލިބެއެވެ.

ރިސޯޓެއްގައި މިއަދު ވެސް ފަތުރުވެރިޔަކު ގެނބިގެން ވަނީ މަރުވެފައެވެ. މިއަދު ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ސްނޯކަލިންއަށް ގޮސް އުޅެނިކޮށް ގެނބިގެން މަރުވެފައިވަނީ 66 އަހަރުގެ ކޮރެއާ އަންހެނެކެވެ. އޭނާ މަރުވެފައިވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.