ޚަބަރު

ފަތުރުވެރިންގެ ރައްކާތެރިކަމަށް ރިސޯޓުތަކާއި ޓުއަރިޒަމް މިނިސްޓްރީ ގުޅިގެން މަސައްކަތް ކުރަންޖެހޭ: މައުމޫން

މަރިޔަމް ޝަހުދާ

ފަތުރުވެރިންގެ ރައްކާތެރިކަމަށް ރިސޯޓުތަކާއި ޓުއަރިޒަމް މިނިސްޓްރީ ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި ރިސޯޓުތަކުގެ މެނޭޖްމަންޓުންނާއި ޓުއަރިޒަމް މިނިސްޓްރީއިން ގުޅިގެން ރާއްޖޭގެ މޫދުތައް ފަތުރުވެރިންނަށް ރައްކާތެރި ތަނަކަށް ހަދަންޖެހެއެވެ.

މައުމޫން މިހެން ވިދާޅުވެފައިވަނީ މި ހަފްތާތެރޭ ފަތުރުވެރި ދެމަފިރިންގެ އިތުރުން މިއަދު ފަތުރުވެރި އަންހެނެއް ގެނބިގެން މަރުވުމާ ގުޅިގެންނެވެ. މައުމޫން ވަނީ ސްނޯކަލް ކުރުމުގެ ތެރެއިން ފަތުރުވެރިން މަރުވަމުންދާ ދިއުމާއެދު ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

މިއަދު ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ސްނޯކަލިންއަށް ގޮސް އުޅެނިކޮށް ގެނބިގެން މަރުވެފައިވަނީ 66 އަހަރުގެ ކޮރެއާ އަންހެނެކެވެ. އޭނާ މަރުވެފައިވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.