މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ސީނިއާ އެންލިސްޓެޑް ބޯޑެއް އެކުލަވާލައިފި އެވެ.
އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސް، މޭޖާރ ޖެނެރަލް އަބްދުﷲ ޝަމާލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްއެންޑީއެފް އަށް ހެޔޮ ބަދަލެއް ގެނައުމަށް އެމްއެންޑީއެފްގެ ސީނިއާ އެންލިސްޓެޑް ބޯޑެއް އެކުލަވާލާފައިވާ ކަމަށެވެ.
އެ ބޯޑަކީ އެމްއެންޑީއެފްގެ ހުރިހާ ރޭންކުތަކުގެ ސިފައިންނަށް ކޮންސަލްޓޭޓިވް ޕްލެޓްފޯމަކަށް ވާނެކަމަށް ޝަމާލް ވިދާޅުވި އެވެ.