ޚަބަރު

ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެ

ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެއެވެ.

ފުލުހުން ބުނީ މިއަދު ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ގެނބުނު 66 އަހަރުގެ ކޮރެއާ އަންހެނަކަށް ފަރުވާދެމުންދަނިކޮށް މަރުވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މިއަދު ހަވީރު 5:07 ހާއިރު ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ކޮރެއާ އަންހެނަކު ގެނބިގެން ފަރުވާ ދިނުމަށް އޭޑީކޭއަށް ގެންގޮސްފައިވާ ކަމަށާއި މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ހާދިސާ ހިނގާފައިވަނީ ސްނޯކްލިންގްއަށް ގޮސް އުޅުމުގެ ތެރޭގައި ކަމަށް ފުލުހުން ބުނެއެވެ.