ޚަބަރު

ޔުނިބޯލް ބްރޭންޑުގެ ޔުނިޕިން އަދި ޕޮސްކާ މާކަރު ހެޔޮ އަގުގައި ހޯދުމަށް ޕްރޮކިއޯ ޕްލަސް

އަލީ ޔާމިން

ޑޫޑުލް ކުރުމަށް މަޝްހޫރު ޔުނިޕިން ގަލަން އަދި އާޓްގެ ދުނިޔޭގައި އެއްވަނަ ޕޮސްކާ މާކަރު ރާއްޖެއިން ހެޔޮ އަގުގައި ލިބޭނީ ޕްރޮކިއޯ ޕްލަސްއިންނެވެ.

ޔުނިޕިން ގަލަމުގެ އެކި ކުލަތަކާއި އެކި ސައިޒުތަކުގެ ތުނޑު ހުންނަ ގަލަން ހުރެއެވެ. ޔުނިޕިންގެ ކުލަތަކުގައި ހިމެނެނީ ކަޅު ކުލަ، އަޅި ކުލައިގެ ދެ ޝޭޑްގެ އިިތުރުން ސެޕިއާއެވެ. މި ހުރިހާ ސައިޒުތަކާއި ކުލަތައް ޕްރޮކިއޯ ޕްލަސްއިން ލިބެން އެބަ ހުއްޓެވެ.

ޔުނިޕިން ގަލަން ފަރުމާކޮށްފައިވަނީ ހިފާލަން ފަސޭހަ ގޮތަށް އަދި އަތުން ކައްސާނުލާނެ ފަދަ ގޮތަކަށެވެ.

ޔުނިޕިން ގަލަމަކީ ގިނަ ރޮނގުތައް އެކުލެވޭ ކުރެހުންތައް ކުރަހަން ރަނގަޅު ގަލަމެކެވެ. ކުރެހުމާއި ސްކެޗް ކުރުމުގެ އިތުރުން އެހެނިހެން އާޓް މަސައްކަތްތައް ކުރުމަށްވެސް ބޭނުންތެރި ގަލަމެކެވެ. މި ބާވަތުގެ ހަތް ގޮތަށް ލިޔެވޭ ގަލަން ލިބެން ހުރިއިރު، ގަލަމުގެ ތުނޑުގެ ކޮޅުގައި ހިމެނޭ ދަގަނޑުކޮޅުގެ ސަބަބުން ސްޓެންސިލްގައި ކުރަހަން ވަރަށް ފަސޭހަވެގެންދެއެވެ. ޔުނިޕިން ގަލަމަކީ ވޯޓާޕްރޫފް އަދި ފޭޑްޕްރޫޕް ގަލަމެކެވެ.

ޕްރޮކިއޯ ޕްލަސްއަކީ ޔުނިބޯލް ބްރޭންޑްގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާއެވެ.

ޕްރޮކިއޯއިން ބުނީ ކަސްޓަމަރުން ބޭނުންވާ ވަރަށް ޔުނިބޯލްގެ އައިޓެމްތައް އެ ފިހާރައިން ހުސްނުވެ ލިބެން ހުންނާނެ ކަމަށާއި ޔުނިބޯލްގެ އައިޓެމްތަކަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.

ޕްރޮކިއޯ ޕްލަސްއިން މިވަނީ އާޓްގެ ދުނިޔޭގައި މަޝްހޫރު ބްރޭންޑްތައް ރާއްޖެއަށް ތައާރަފުކޮށްފައެވެ. ހާއްސަކޮށް ޕްރޮފެޝަނަލް އާޓް ރޭންޖުގެ ހުރިހާ ސާމާނެއް ޕްރޮކިއޯ ޕްލަސްއިން މިހާރު ލިބެން ހުންނާނެއެވެ.