އެހެން ބަޔަކަށް ސަރުކާރުގެ ވައުދުތައް ފުއްދައިދެވޭނެ ކަމަށް ދެކެވެން ނެތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްގެ މަޖިލިސް ޕްރައިމަރީ އިންތިހާބުގެ ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ ފިޔަަވައި ސަރުކާރުގެ ވައުދުތައް އެނގޭ އެއްވެސް ޕާޓީއެއްވެސް ނެތް ކަމަށެވެ.
އެހެންކަމުން ސަރުކާރުގެ ވައުދުތައް ފުއްދުމުގައި އެމްޑީޕީގެ އަޣުލަބިއްޔަތެއް އޮތުން މުހިއްމު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މިފަހަރު އެމްޑީޕީއަށް އަޣުލަބިއްޔަތެއް ލިބުމަކީ ސަރުކާރު ދެމެހެއްޓުމަށްވެސް އަދި ސަރުކާރުގެ ވައުދުތައް ފުއްދުމަށްވެސް ކޮންމެހެން ބޭނުން ކަމެއް،" އެމަނިކުފާނު ވިދާޅުވިއެވެ.