ޚަބަރު

މަނަދޫ ކައިރިއަށް ހުއިފިލަނޑާ ނަގަން ފައިބައިގެން އުޅެނިކޮށް ގެއްލުނު މީހާ ފެނިއްޖެ

ޝަހީދާ އަބްދުﷲ ސައީދު

ނ. މަނަދޫ ކައިރިއަށް ހުއިފިލަނޑާ ނަގަން ފޭބި ދެމީހުންގެ ތެރެއިން ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ ގެއްލިގެން ހޯދަމުންދިޔަ ނ. މިލަދޫ އުމުރުން 24 އަހަރުގެ އަބްދުﷲ ޝާމިން ފެނިފައިވަނީ މިއަދު 1:45 އެހާކަށްހާއިރު އެސަރަހައްދުގައި ހަރަކާތްތެރިވި މިލަދޫ ޑިންގީއަކަށް ކަމަށެވެ.

ފެނުނު އިރު އޭނާގެ ހާލު ރަގަޅު ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތު ދިނެވެ.

އެމްއެންޑީއެފުން ބުނީ މަނަދޫ ކައިރިއަށް ލަނޑާ ނަގަން ފޭބި މީހާ ގެއްލިގެން ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރު 12:14 ގައި ކަމަށެވެ. އަދި އޭނާ ލަނޑާ ނަގަން ދިޔައީ ''މަލަކް މެލޮޑީ'' ނަމަކަށް ކިޔާ ދޯންނެއްގައި ކަމަށްވެސް ބުނެފައި ވެއެވެ.

މަނަދޫ ކައިރިއަށް ފީނަން ފޭބި މީހަކު ގެއްލިގެން މިއަދު ހޯދިއިރު، މިއަދު ވަނީ ރ. ރަސްމާދޫ ކައިރިއަށް ފީނަން ފޭބި ރ. ދުވާފަރު އުމުރުން 32 އަހަރުގެ މީހަކުވެސް ގެއްލިގެން ހޯދާފައެވެ.

ރ.އަތޮޅު ފަޅުރަށެއްކަމަށްވާ ދިއްކުރެންދޫގައި ހުއްޓާ ފެނުނު އެމީހާގެ ހާލުވެސް ރަނގަޅެވެ.