ޚަބަރު

ވަންދޫ ކައިރިއަށް ހުއިފިލަނޑާ ނަގަން ފޭބުމުން ގެއްލުނު މީހާ ފެނިއްޖެ

އިބްރާހިމް ޒަކީ

ހުއިފިލަނޑާ ނަގަން ރ. ރަސްމާދޫ ކައިރިއަށް ފޭބި މީހާ ގެއްލިހެން ހޯދަމުން ދަނިކޮށް ފެއްނިއްޖެ އެވެ.

އެމްއެންޑީ އެފުން ދެންމެ ބުނީ މިއަދު މެންދުރު 12:00 އެހާކަންހާއިރު އެމީހާ ފެނުނީ، ރ.އަތޮޅު ފަޅުރަށެއްކަމަށްވާ ދިއްކުރެންދޫގައި ހުއްޓަ އެވެ.

އެމީހާގެ ހާލު ރަނގަޅުކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

އެމީހާ ނެގުމަށް ފުލުހުންވެ ލޯންޗެއް އެރަށަށް ދަތުރު ކުރަމުންދާކަަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެމްއެންޑީއެފުން ބުނީ، މިއަަދު ގެއްލިގެން ހޯދަމުންދިޔައީ ރ.ދުވާފަރު ފެހި ހިޔާގެ 32 އަހަރުގެ އަބުދުﷲ އާދަމް ކަމަށެވެ. މި މީހާ ގެއްލުނީ، ރ. އަތޮޅުގައި އޮންނަ ފަޅު ރަށެއް ކަމަށްވާ ވަންދޫގެ ހުޅަނގު ފަރާތުގައި "އަންބަރާ" ނަމަކަށްކިޔާ ދޯންޏަކުން ލަނޑާ ނަގަން ފައިބައި އުޅެނިކޮށެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މިއަދު ހެނދުނު 10:25 ހާއިރު ކަމަށާއި ފުލުހުންނާއި ސިފައިން ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.

އޭނާ ލަނޑާ ނަގަން ޑައިވްއަށް ފެށީ ހެނދުނު 08:45 ގައި ކަމަށް އެމްއެންޑީ އެފުން ވަނީ ބުނެފަ އެވެ.