ބ. އޭދަފުށީގައި ބާރު ސްޕީޑެއްގައި ދުއްވަމުންދިޔަ ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް މިސްކިތެއް ތެރެއަށް ވަދެއްޖެ އެވެ.
ފުލުހުން ބުނީ އެފަދަ މައްސަލައެއް ހުށަހަޅާފައި ވާތީ ބަލަމުން އަންނަ ކަމަށެވެ.
ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރު ކޮންޓްރޯލް ނުވެގެން، ވަދެފައިވަނީ އެރަށު މަސްޖިދުއް ޔޫސުފްގެ ކުރިމަތީގައި، މިސްކިތަށް ވަންނަން ހުރި ދެ ދޮރުގެ ތެރެއިން އެއްދޮރާ ދިމާ ހަރިންމަ ފާރުގައި ޖެހި ފާރުން ބައެއް ހަލާކުވެގެންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ. ނަމަވެސް ކާރުގެ ކުރީކޮޅަށްވަރަށް ބޮޑަށް ވަނީ ގެއްލުން ވެފަ އެވެ.