ހުއިފިލަނޑާ ނަގަން ރ. ރަސްމާދޫ ކައިރިއަށް ފޭބި މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ، ގެއްލިގެން ހޯދަމުންދަނީ، ރ.ދުވާފަރު ފެހި ހިޔާގެ 32 އަހަރުގެ އަބުދުﷲ އާދަމް ކަމަށެވެ. މި މީހާ ގެއްލުނީ، ރ. އަތޮޅުގައި އޮންނަ ފަޅު ރަށެއް ކަމަށްވާ ވަންދޫގެ ހުޅަނގު ފަރާތުގައި "އަންބަރާ" ނަމަކަށްކިޔާ ދޯންޏަކުން ލަނޑާ ނަގަން ފައިބައި އުޅެނިކޮށް ކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މިއަދު ހެނދުނު 10:25 ހާއިރު ކަމަށާއި ފުލުހުންނާއި ސިފައިން ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.
އޭނާ ލަނޑާ ނަގަން ޑައިވްއަށް ފެށީ ހެނދުނު 08:45 ގައި ކަމަށް އެމްއެންޑީ އެފުން ވަނީ ބުނެފަ އެވެ.