ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އަބޫދާބީގެ ނޭޝަނަލް އޮއިލް ކޮމްޕެނީ (އެޑްނިކް)ގެ އެކްޓިން ސީއީއޯ މުބާރަކް އަލް ރަޝްދީއާ ބައްދަލުކުރައްވައިފި އެވެ.
އިއްޔެ ހަވީރު އަބޫ ދާބީގައި ބޭއްވި އެ ބައްދަލުވުމުގައި ދެގައުމުގެ ދެމެދުގައި ވިޔަފާރީގެ ދާއިރާއިން ގުޅުން އިތުރުކުމާއި، އެޑްނޮކްގެ ފަރާތުން ރާއްޖޭގައި އިންވެސްޓް ކުރެވިދާނެ ދާއިރާތަކާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
އެ ބައްދަލުވުމުގައި މިނިސްޓަރު ޝާހިދުގެ އަރިހުގައި އެސްޓީއޯގެ ސީއީއޯ އަދި އެމްޑީ ހުސައިން އަމްރު މުހައްމަދު ރަޝާދާއި ފޮރިން މިނިސްޓްރީގެ ޑިރެކްޓަރު އަބްދުލްވާރިޘް ސައީދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.