ސިނަމާލެ ބްރިޖު ހައިވޭގައި މަގުތައް ވަކިކުރުމަށް ޖަހާފައިހުރި ޕާޓިޝަންގައި ޕިކަޕެއް ޖެހި އެ ޕާޓީޝަންތައް ފުނޑުފުނޑުވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު "ވަން އޮންލައިން"އަށް ވިދާޅުވީ ހައިވޭގައި އެކްސިޑެންޓެއް ހިނގި ކަމުގެ ރިޕޯޓް ރޭގެ 04:17ގައި ލިބިފައިވާ ކަމަށެވެ.
އެ ހާދިސާގައި ފިކަޕުން ޖެހި ގާތްގަނޑަކަށް 40 ފޫޓުގެ ޕާޓިޝަން އެއްކޮށް ފުނޑުފުނޑުވެފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެކްސިޑެންޓްވި އިރު ޕިކަޕު ދުއްވަން އިނީ ބިދޭސީއެއް ކަމަށާއި އެއްވެސް މީހަކަށް އެއްވެސް ކަހަލަ އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.
މިހާރު އެ މައްސަލަ ގެންދަނީ އިތުރަށް ތަހުގީގުކުރަމުން ކަމަށް އޭނާ ވިދާޅުވިއެވެ.
މައުލޫމާތު ލިބޭގޮތުގައި ޕާޓިޝަންގައި ޖެހިފައިވަނީ ފެންޓަސީގެ ޕިކަޕެކެވެ.