ޚަބަރު

ގައުމު ފަނާކުރުމަށް އަވަދިނެތި އުޅުނު ބަޔަކަށް ގައުމެއް އިސްލާހެއް ނުކުރެވޭނެ : ނިޔާޒް

އަހުމަދު ޖައިޝަން

1

ގައުމު ފަސާދަކޮށް ފަނާކުރުމުގައި އަވަދިނެތި އުޅުނު ބަޔަކަށް ގައުމު އިސްލާހެއް ނުކުރެވޭނެ ކަމަށް ކުރީގެ އޮޑިޓަރު ޖެނެރަލް ނިޔާޒް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ނިޔާޒް ވިދާޅުވީ ގައުމު އިސްލާހު ކުރެވޭނީ އިހްލާސްތެރިކަން އެބައެއްގެ އަމިއްލަ ނަފްސުގައިވާ ބަޔަކަށް ކަމަށެވެ.

ނިޔާޒްގެ ޓްވީޓާ ގުޅިގެން އާންމުންގެ ފަރާތްތަކުން އެކަމާ އެއްބަސްވެ ވާހަކަތައް ދައްކާފައިވާއިރު ބައެއް ފަރާތްތަކުން ދެކޭގޮތުގައި ގައުމު އިސްލާހު ކުރުމަށް އެއްވެސް ބަޔަކު ނެތެވެ. ގައުމު އިސްލާހުކުރުމަށް ނިކުންނަވާން ތިއްބެވި ސިޔާސީ ލީޑަރުންނަކީ އަމިއްލަ އެދުމާއެކު އުޅޭ ބައެއް ކަމަށްވެސް އެ ޓްވީޓަށް މީހުން ކޮމެންޓުކޮށްފައިވެއެވެ.

ނިޔާޒު މިހެން ވިދާޅުވިއިރު ކޯލިޝަންގެ ތެރޭގައި ހަމަނުޖެހުން އުޅޭކަމުގެ މަންޒަރުތައް ދަނީ ފެންނަމުންނެވެ. އެގޮތުން ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ބަހުގެ ހޫނު ހަމަލާތަކެއް ރޭ ވަނީ ދެެއްވައިފައެވެ.

ރައީސް ނަޝީދު އެކި ކެމްޕެއިން ރަސްމިއްޔާތުގައި ދައްކަވާފައިވާ ވާހަކަފުޅުތަކަށް ގާސިމް ރޭ ވަނީ ރައްދު ދެއްވައިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟