ޚަބަރު

ދޫނިދޫ ޖަލުގައި މަރުވި މީހާގެ މައްސަލަ އެޗްއާރުސީއެމްއިން ބަލަނީ

މަރިޔަމް ޝަހުދާ

ދޫނިދޫ ޖަލުގައި މިއަދު މަރުވި އަންހެން މީހާގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބަލަމުން އަންނަ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

މިކަން އެޗްއާރުސީއެމް އިން ކަށަވަރުކޮށްދީފައިވަނީ އެ ކޮމިޝަންގެ ރަސްމީ ޓުވިޓާ އެކައުންޓުން ކުރި ޓުވިޓަކުންނެވެ.

މިއަދު މަރުވި 23 އަހަރުގެ އަންހެން މީހާ މަރުވެފައި ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫ ޖަލުގައި ހުއްޓައެވެ.

ފުލުހުން ވަނީ އަންހެން މީހާގެ އޯޓޮޕްސީ ހެދުމަށް އާއިލާއާއެކު މަޝްވަރާކުރުމަށް އެދިފައެވެ.