ކުރީގެ އެކްޓިންގް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ޖުމްހޫރީ ޕާޓީއަށް ސޮއިކޮށްފިއެވެ.
ނަވާޒް ޖުމްހޫރީ ޕާޓީއަށް ސޮއި ކުރައްވާފައިވަނީ މިއަދުގެ ވަގުތެއްގައެވެ. މިހަފްލާގައި ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ނަވާޒް ވަނީ މިދިޔަ އަހަރު ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށްފަހު ފުލުހުންގެ ކޮމިޝަނަރުކަމުން އަހުމަދު އަރީފް ވަކިކޮށް އެމަގާމަށް އަހުމަދު ސައުދީ އައްޔަންކޮށް، ފަހުން ސައުދީ މަގާމުން ވަކިކުރުމާ ގުޅިގެން ފުލުހުންގެ އެކްޓިންގް ކޮމިޝަނާގެ މަގާމަށް އަޔަންކުރެވިފައެވެ.
މީގެ އިތުރުން މިދިޔަ ސަރުކާރުގެ ފަހުކޮޅު، ރިޔާސީ އިންތިހާބަށް ފަހު ނަވާޒް ވަނީ އެންވަޔަރަމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް އައްޔަންކޮށްފައެވެ.