ޚަބަރު

ހުޅުމާލޭ ފޭސް 2ގައި މޫދަށް އެރި އުޅުނު އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މޫދަށް އެރުނު އުމުރުން އުމުރުން ދުވަސްވީ މީހަކު މިއަދު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ މަރުވި މީހާ އަކީ 86 އަހަރުގެ ދިވެއްސެއް ކަމަށާއި މި ހާދިސާގެ ރިޕޯޓް ލިބުނީ މެންދުރު 12:30 ހާއިރު ކަމަށެވެ. އެ މީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތ މަރުވެފައި ކަމަށް އެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ، އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބަލަމުން އަންނަ ކަމަށެވެ.