ކުށްކުރުން މަދުކޮށް ރަށުތެރޭގައި އަމާން މާހައުލެއް ގާއިމުކުރުމަށް ނ. އަތޮޅު މަނަދޫގައި ފުލުހުން ހާއްސަ ހަރަކާތްތަކެއް ފަށައިފި އެވެ.
ފުލުހުން ބުނީ މަނަދޫގައި އެ ހަރަކާތް ފަށާފައިވަނީ ރޭ ކަމަށެވެ.
އެ ހަރަކާތުގެ ދަށުން އެރަށުގެ ފަޅު ގޯތިތަކުގައި ހިންގާ ކުށުގެ އަމަލުތައް ހުއްޓުވުމަށްޓަކައި އެ ސަރަހައްދުތައް ބަލައިފާސްކުރުމާއި ގްރޫޕް ހަދައިގެން ރަށުތެރޭގައި މީހުން އެއްވެ އުޅޭ ސަރަހައްދުތައް ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މަނަދޫގައި ދުއްވާ އެއްގަމު އުޅަނދުތައް ގަވާއިދާ އެއްގޮތަށް ދުއްވާތޯ ބެލުމަށް އެ އުޅަނދުތައްވެސް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
ރޭ ފެށި އެ ހަރަކާތުގެ ދަށުން މިހައިތަނަށް 13 އުޅަނދު ބަަލައިފާސްކޮށްފައިވާއިރު މީހުން ދިރިނޫޅޭ ފަސް ގެއެއް ވެސް ބަލައިފާސްކޮށް 10 މީހަކާ ސުވާލުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.