ޚަބަރު

ދިވެހި ބޭންކު، ހިޔާނާތުގެ މައްސަލައިގައި ދެ މުވައްޒަފަކު ސަސްޕެންޑް ކޮށްފި

އިބްރާހިމް ޒަކީ

ދިވެހި ބޭންކު (ބީއެމްއެލް) ގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި އެ ބޭންކްގެ ދެ މުވައްޒަފަކު، ސަސްޕެންޑް ކޮށްފި އެވެ.

މިކަމާބެހޭ އެއްވެސް މައުލޫމާތެއް މިހާތަނަށް ބޭންކުން ހާމަކޮށްފައެއް ނުވެ އެވެ.

އަދި މި ހިޔާނާތުގެ މައްސަލަ ބޭންކުން ދޮގު ކޮށްފައެއްވެސްް ނުވެ އެވެ.

"ވަން އޮންލައިން" އަށް އެނގިފައިވާ ގޮތުގައި އެތައް މިލިޔަން ރުފިޔާއަކަށް ހިޔާނާތްތެރި ވެފައިވާ މި މައްސަަލަ ބަލަމުން އައި ނަމަވެސް މައްސަލަ އަދި ފުލުހުންނަށް ހުށަހަޅާފައެއްނުވެ އެވެ.

މި މައްސަލަ ބަލަމުންދަނީ، ބޭންކްގެ އެތެރޭގެ މައްސަލަތައް ބެލުމަށް ކަނޑައަޅާފައިވާ އުސޫލުތަކާއި ގަވާއިދު ތަކުގެ ތެރެއިން ބޭންކުގެ އިންޓާނަލް އޮޑިޓަރުންނެވެ.

ބައެއް ފަރާތްތަކުން ބުނެފައިވަނީ މި ހިޔާނާތުގެ އަދަދު އަށް މިލިޔަނެއްހާ ރުފިޔާއަށް އަރާނެ ކަމަށެވެ.

"ވަން އޮންލައިން" އަށް އެނގިފައިވާ ގޮތުގައި މި ކަމުގައި ބައިވެރިވި މުވައްޒިފުން ހިޔާނާތްތެރި ވެފައިވަނީ ބޭންކްގެ އޮޕަރޭޝަން ތަކަށް ބޭނުންކުރާ ފައިސާ ތަކަކަށެވެ.