ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހުގެ ރައީސްކަމުގައި ހުށަހެޅި ބައެއް އިސްލާހުތައް ގާނޫނު އަސާސީއާ ހިލާފުވެގެން ނުގެނެވޭނެ ކަމަށް ވިދާޅުވި ފަރާތްތަކުން މިހާރު އެފަދަ އިސްލާހުތައް ހުށަހަޅާކަމަށް ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.
މޫސަ މިހެން ވިދާޅުވީ އޭނާ މިއަދު ކުރެއްވި ޓުވީޓެއަގަ އެވެ.
"މިހާރު އެފަދަ އިސްލާހުތައް ހުށަހަޅާއިރު ގާނޫނު އަސާސީއާ އެއްގޮތަށް ރިޔާސަތުން ގޮތް ނިންމަވާނެ ނޫންތޯ؟ މިފަދަ އިސްލާހުތަކަކީ ކެމްޕެއިން އުކުޅަކަށް ވީމަ؟،" މޫސަ ސުވާލުކުރެއްވިއެވެ.
މޫސަ މިހެން ވިދާޅުވެފައިވަނީ ކުރީގެ ރައީސުންނަށް މަޖިލީހަށް ކުރިމަތިނުލެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފައި ވަނިކޮށެވެ.
މޫސަ ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ ގާނޫނު އަސާސީގައި ބުނާ ޝަރުތުތައް ހަމަވާ ކެންޑިޑޭޓަށް ރައްޔިތުން ވޯޓުލުމުގެ ހައްގު ދޭން ޖެހޭނެ ކަމަށެވެ. އަދި ކުރިމަތިލާ މީހާއަށްވެސް އެ ފުރުސަތު އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ދާއިރާއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ ގަމު ދާއިރާގެ މަޖިލީހުގައި ބައިންދާނެ މީހަކު ކަނޑައަޅާނީ އެ ދާއިރާގެ ރައްޔިތުން ކަމަށެވެ.