ޚަބަރު

ޅ. އަތޮޅުގެ މީހުން ދިރިއުޅޭ ބައެއް ރަށްތަކާއި ރިސޯޓުތަކުގައި ހަތިޔާރާއެކު ތަމްރީނުތަކެއް ހިންގަނީ

ރިފާ ހަލީލު

ޅ. އަތޮޅުގައި މީހުން ދިރިއުޅޭ ބައެއް ރަށްތަކާއި ބައެއް ރިސޯޓުތަކުގައި އެމްއެންޑީއެފުން ހަތިޔާރާއެކު ތަމްރީނުތަކެއް ފަށައިފި އެވެ.

ޑިފެންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގައި ހިންގާ ތަމްރީނުތަކެއްގައި ޅ. އަތޮޅުގެ ބައެއް ރަށްރަށުގަ އާއި ބައެއް ރިސޯޓްތަކުގައި ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވާނެ ކަމަށެވެ. އަދި، މި ތަމްރީނުގައި ބައެއް ބާވަތްތަކުގެ ޕައިރޯޓެކްނިކް ބޭނުންކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އިއުލާނުގައިވަނީ ބުނެފަ އެވެ.

މި ތަމްރީނުތައް މިއަދުން ފެށިގެން މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށާއި މިކަމަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކޮށްފަ އެވެ.

މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯތުތަކުގައި ތަމްރީނުތަކެއް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާއިރު އިއްޔެ އިން ފެށިގެން ހުޅުލޭގައި ވެސް ހާއްސަ ތަމްރީނުތަކެއް އަންނަނީ ކުރިއަށް ގެންދަމުންނެވެ.