ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ އިސްވެރީންގެ މަގާމަށް، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން، މިއަދު ބޭފުޅުން ހަމަޖައްސަވައިފި އެވެ.
ހެލްތު މިނިސްޓަރު މިއަދު އެޗްޕީއޭގެ ހެޑްގެ މަގާމަށް ހަމަޖައްސަވައިފައިވަނީ ޑރ. ޝާހް މާހިރެވެ. އޭނާ ހުންނެވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައެވެ.
އެމްއެފްޑީއޭގެ ހެޑްގެ މަގާމަށް ހަމަޖައްސަވާފައިވަނީ މުހައްމަދު ޒުހައިރެވެ. އޭނާއަކީވެސް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެކެވެ.