ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް

ޅެންވެރިންގެ ދުވަހުގެ ތަހުނިޔާ ރައީސް މައުމޫން ފޮނުއްވައިފި

މިއަދު ފާހަގަކުރަމުން އަންނަ 30 ވަނަ ޅެންވެރިންގެ ދުވަހުގެ ތަހުނިޔާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހުރިހާ ޅެންވެރިންނަށް ފޮނުއްވައިފިއެވެ.

ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން ރައީސް މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ޅެންވެރިންގެ ދުވަސް ނިސްބަތްކުރެވިފައިވާ އަލްމަރުހޫމު އިބްރާހީމް ޝިހާބަށާއި މިއަހަރުގެ ޅެންވެރިންގެ ދުވަސް ޚާއްސަކުރެވިފައިވާ މަރުހޫމު ޔޫސުފު މުހައްމަދު ފުޅުގެ ފުރާނައަށް ހެޔޮ ރަހުމަތްލެއްވުމަށް އެދިވަޑައިގެންފައެވެ.

މިއަހަރުގެ ޅެންވެރިންގެ ދުވަސް ސަރުކާރުން ފާހަގަކުރުމަށް ނިންމާފައިވަނީ އަލްމަރުހޫމު ޔޫސުފު މުހައްމަދު ފުޅުގެ އުފަންރަށް ރ. އިނގުރައިދޫގައެވެ.