ކުރީގެ ރައީސުންނަށް މަޖިލީހަށް ކުރިމަތިނުލެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ ގާނޫނު އަސާސީއާ ހިލާފު ބިލެއް ކަމަށާއި މަޖިލީހުން އެ ބިލު ބަލައިގަނެވިގެން ވެސް ނުވާނެ ކަމަށް މަޝްހޫރު ގާނޫނީ ވަކީލު ހިސާން ހުސައިން ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހަށް އެ ބިލު ހުށަހަޅާފައިވަނީ ވަނީ ޖުމްހޫރީ ޕާޓީގެ މެންބަރެއް ކަމަށްވާ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދެވެ.
އެކަމާ ގުޅިގެން ހިސާން ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނު އަސާސީގައި މަގާމުތަކަށް ފުރިހަމަވާން ޖެހޭ ކަމަށް ބަޔާންކުރާ ޝަރުތުތަކަށް ގާނޫނުގެ ޒަރިއްޔާއިން އުނިއިތުރެއް ނުގެނެވޭނެ ކަމަށެވެ.
މެންބަރު ލަތީފު އިއްޔެ ހުށަހެޅުއްވި އިސްލާހާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް ވަނީ އަމާޒުވެފަ އެވެ.