ޚަބަރު

ވިލިމާލޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އަހުމަދު ޖައިޝަން

ވިލިމާލޭގައި ހުންނަ "ސީޝަމް" ނަމަކަށް ކިޔާ ގެއެއްގައި ރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ އަލިފާނުގެ ހާދިސާ ހިނގާފައިވާ ގެއަކީ ވިލިމާލޭ އެސްޓީއޯ ފިހާރަ ކައިރީގައި ހުންނަ ފަޅު ގެއެއް ކަމަށެވެ. އެ ހާދިސާ ހިނގާފައިވާ ކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ ރޭ 0311ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އަދި ވިލިމާލޭ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުންގެ އެހީގައި 0325ހާއިރު އަލިފާން ނިއްވާލާފައިވާ ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ވެފައި ނުވާ ކަމަށެވެ.