ޚަބަރު

ރާއްޖޭން ބޭރުކުރަން އުޅުނު 429 ކިލޯގެ މިޔަރު އުރަހަ ހިފަހައްޓައިފި

އަލީ އަފާފު ރަމީޒު

1

ރާއްޖޭން ބޭރުކުރަން އުޅުނު މިޔަރު އުރަހަތަކެއް ހިފަހައްޓައިފިއެވެ.

ކަސްޓަމްސް އިން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން 21 ފޮއްޓެއްގައި ބަންދުކޮށްފައި ހުރި 429 ކިލޯގެ މިޔަރު އުރަހަތަކެއް ހިފަހައްޓާފައިވާ ކަމަށެވެ. އެތަކެތި އަތުލައިގެންފައިވަނީ އޭވިއޭޝަން ސެކިއުރިޓީއާ ގުޅިގެންނެވެ.

ކަސްޓަމްސް އިން ބުނީ އެތަކެތި ބޭރުކުރަން އުޅުނީ ލޮނުމަސްތަކެއްގެ ތެރޭގައި ފޮރުވުމަށްފަހު ކަމަށެވެ. އެ މައްސަލަ އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރާއްޖޭގައި މިޔަރަކީ ހިމާޔަތްކޮށްފައިވާ އެއްޗެކެވެ. މިޔަރު ހިފުމާއި މިޔަރަށް ގޯނާ ކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމެކެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟