ޚަބަރު

މަސްވެރިކަން އަދި ދަނޑުވެރިކަމުގައި ޔޫއޭއީ އިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެނީ

މަރިޔަމް ޝަހުދާ

މަސްވެރިކަން އަދި ދަނޑުވެރިކަމުގައި ޔޫއޭއީ އިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އަބޫދާބީގެ ވަލީ އަހުދު އަދި ޔޫއޭއީގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރ އޮފް އާމްޑް ފޯސަސް، ހިޒް ހައިނެސް މުހައްމަދު ބިން ޒައިދު އަލް ނަހްޔާން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހުގައި ވިދާޅުވެއްޖެ އެވެ.

އަބޫދާބީގެ ވަލީ އަހުދު މުހައްމަދު ބިން ޒައިދު ރައީސް ސޯލިހާ ބައްދލުކުރައްވާފައިވަނީ ރާއްޖެއާއި ޔޫއޭއީއާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކުރެއްވުމުގެ ގޮތުން މަޝްވަރާކުރެއްވުމަށެވެ. އަބޫ ދާބީގައި ކުރިއަށް ދިޔަ މި މަޝްވަރާ ބައްދަލުވުމުގައި ވަނީ ދެގައުމުގެ މިހާރުގެ ގުޅުން ހަރުދަނާ ކުރުމުގެ އިތުރުން ކުރިއަށް އޮތްތާނގައި ދެގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރައްވާނެ ގޮތަކާ މެދު މަޝްވަރާ ކުރައްވާފައެވެ.

ރައީސް ސޯލިހު ޔޫއޭއީއަށް ރޭ ފުރާވަޑައިގެންނެވީ އަބޫދާބީގެ ވަލީ އަހުދު މުހައްމަދު ބިން ޒައިދުގެ ދައުވަތަކަށް ރަސްމީ ދަތުރުފުޅެއްގައެވެ.