ރާއްޖޭގައި ގާނޫނީ ވަކީލަކަށް މަސައްކަތް ކުރުމުގެ ހުއްދައަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެގޮތުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މިއަދު ވަނި ރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދައަށް އެދުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަމަށް އިއުލާނުކޮށްފަ އެވެ.
ރާއްޖޭގައި ގާނޫނީ ވަކީލަކަށް މަސައްކަތް ކުރުމުގެ ހުއްދައަށް އެދުމުގެ ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ މިމަހު 21 ވަނަ ދުވަހު 14:00 އެވެ.