ޚަބަރު

ޕީޕީއެމް ލީޑަރޝިޕްގެ މައްސަލައަށް ރައީސް މައުމޫނު ތަދައްހުލުވަނީ

އިބްރާހިމް ޒަކީ

ޕީޕީއެމްގެ ހިންގުން ކުރީގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމާ އަލުން ހަވާލު ކޮށްދިނުމަށް އެދި ހުށައަޅާފައިވާ މައްސަލައަށް ރައީސް މައުމޫނުގެ ފަރާތްޕުޅުން ތަދައްހުލު ވާން ނިންމައިފިއެވެ.

ޕީޕީއެމްގެ ކުރީގެ ނާއިބުރައީސް އައިމިނަތު ނާދިރާ "ވަން އޮންލައިން" އަށް މިއަދު ވިދާޅުވީ، އެ މައްސަލައަށް ތަދައްހުލުވާން ސުޕްރީމް ކޯޓުން މިއަދު ލިއުން ލިބިފައިވާ ކަމަށެވެ.

ޕީޕީއެމް، އެ ޕާޓީގެ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމާ ހަވާލު ކޮށްދިނުމަށް އެދި އެ ޕާޓީގެ މެންބަރަކު ހުށަހެޅި މައްސަލައާ ގުޅިގެން، ސުޕްރީމް ކޯޓުގައި ހިނގަމުންދާ ދުސްތޫރީ މައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް މިއަދު ވަނީ ބާއްވައިފަ އެވެ.

އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ، ލ. ގަން ތުނޑިި، ހަވި، އަލީ އަހުމަދެވެ. ނަމަވެސް އެ މައްސަލައިގެ ލިޔެކިއުންތަކާއި، ފައިލްތައް ވަނީ ސުޕްރީމް ކޯޓަށް ގެންގޮސްފަ އެވެ.