ކާރެއް ކޮންޓްރޯލް ނުވެގެންގޮސް އައްޑޫގައި ހުންނަ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ތެރެއަށް ވަދެއްޖެއެވެ.
ހިތަދޫ އެޅަދީދީ މަގުން ދުއްވާފައި ދިޔަ ކާރު ކޮންޓްރޯލް ނުކުރެވިގެން ގޮސް ސްޓޭޓް ބޭންކް އޮފް އިންޑިއާ ތެރެއަށް ވަދެފައިވަނީ ޔޫޓާން ނަގަން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ނުވެގެން ކަމަށް މައުލޫމާތު ލިބެއެވެ. މިއެކްސިޑެންޓް ހިނގާފައިވަނީ މިއަދު މެންދުރު 02:15 ހާއިރުއެވެ.
މަންޒަރު ދުށް ފަރާތަކާ ހަވާލާދީ އޭއޯ ނިއުސް އިން މައުލޫމާތުދޭ ގޮތުގައި މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ މައުލޫމަތު އަދި ނުލިބެއެވެ. ނަމަވެސް އެކްސިޑެންޓުގައި ބެންކަށް ބޮޑެތި ގެއްލުން ތަކެއް ލިބިފައިވާއިރު ކާރަށްވެސް އެކިވަރުގެ ގެއްލުން ލިބިފައިވާކަމަށް މައުލޫމާތުލިބެއެވެ.