ޚަބަރު

މަޖިލިސް އިންތިޚާބުގައި ރަށްވެހިކަން ބަދަލުކުރަން ދިން ފުރުސަތު މާދަމާ އަށް ހަމަވާނެ!

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލާ ފަރާތްތަކަށް ރަށްވެހިކަން ބަދަލު ކުރުމަށް ދިން ފުރުސަތު މާދަމާ އަށް ހަމަވާނެ އެވެ.

މަޖިލިސް އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އެކުލަވާލައި، އެ ލިސްޓު ފައިނަލް ކުރުުގެ މަސައްކަތް ކުރަމުންދާތީ، އިލެކްޝަން ކޮމިޝަނުން ބުނެފައިވަނީ، ރަށްވެހިކަން ބަދަލު ކުރަން ބޭނުންވާ ފަރާތްތަކުން ރަށްވެހިކަން ބަދަލުކޮށް، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައި މި މަހުގެ ފަނަރައިގެ ކުރިން ނިންމަންވާނެ ކަމަށެވެ.

އިލެކްޝަން ކޮމިޝަނުން ބުނެފައިވަނީ އިންތިހާބުގެ ވޯޓާސް ލިސްޓުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ވޯޓާސް ލިސްޓު އިއްލާން ކުރައްވާނެ ކަަމަށް، އިލެކްޝަން ކޮމިޝަންގެ ރައީސް ވަނީ ވިދާޅުވެފަ އެވެ.

މިފަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އަންނަ އޭޕްރީލް މަހުގެ ހައެއްގައި ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ވަނީ އިއްލާން ކުރައްވައިފަ އެވެ.

އިންތިޚާބަށް ހުޅުވާލާނެ ވަގުތީ ދުވަހެއްގެ ގޮތުގައި އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވަނީ މިމަހުގެ އަށާވީހެވެ.