ޚަބަރު

މިނިސްޓަރު މަލީހް ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ އެމްބެސަޑަރާ ބައްދަލުކުރައްވައިފި

މުހައްމަދު އައުޒަމް

މިނިސްޓަރު މަލީހް ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސަޑަރާ ބައްދަލުކުރައްވައިފިއެވެ.

މިނިސްޓަރު އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މަލީހް ޖަމާލް އާއި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސަޑަރ ކެއިކޯ ޔަަނާއި ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު މަލީހު ވަނީ ޖަޕާން ސަރުކާރުން ރާއްޖޭގެ ކޮމިއުނިކޭޝަން، ސައިންސް އަދި ޓެކްނޮލޮޖީ ދާއިރާއިން ދެގައުމު ގުޅިގެން މަސައްކަތް ކުރާނެ ކަމުގެ އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

މިބައްދަލުވުމުގައި މިނިސްޓަރު މަލީހް ވަނީ ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ މައުލުމާތާއި މިނިސްޓްރީއާ ގުޅޭ ދާއިރާތަކުގެ މައުލޫމާތު އެމްބެސަޑަރ ކެއިކޯ ޔަަނާ ހިއްސާ ކޮށްފައެވެ.