ހަތަރު ޖުޑީޝަލް ދާއިރާއަކަށް އިސްމެޖިސްޓްރޭޓުން އައްޔަނުކޮށްފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ ދާއިރާތަކުގެ އިސްމެޖިސްޓްރޭޓުން ހޯދުމަށް ކޮމިޝަނުން ކުރި އިއުލާނުގެ ދަށުން އެ މަގާމުތަކަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން މަގާމަށް އެންމެ ގާބިލު ބޭފުޅެއް ހޮވުމަށްޓަކައި އިންޓަވިއުކުރުމަށްފަހު ހަތަރު ޖުޑީޝަލް ދާއިރާއަކަށް ދާއިރާ އިސްމެޖިސްޓްރޭޓުން އައްޔަންކުރަން މިދިޔަ އަންގާރަ ދުވަހު ބޭއްވި އެ ކޮމިޝަންގެ 99 ވަނަ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.
އަލީ އާދަމް ވަނީ ވިލާ ކޮލެޖުން ބެޗްލަސް އޮފް ޝަރީއާ އެންޑް ލޯ ހާސިލުކުރައްވައިފައެވެ. އޭނާއަކީ ފަނޑިޔާރުކަމުގައި 15 އަހަރު ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ މެޖިސްޓްރޭޓެކެވެ. އަދި އިބްރާހިމް މައުމޫރު ވެސް ވަނީ ވިލާ ކޮލެޖުން ޑިޕްލޮމާ އިން ޝަރީއާ އެންޑް ލޯ ހާސިލުކުރައްވައިފައެވެ. އޭނާއަކީ ފަނޑިޔާރުކަމުގައި 10 އަހަރު ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ މެޖިސްޓްރޭޓެކެވެ.
މީގެ އިތުރުން އިބްރާހިމް އިހްސާނަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ (އޮނާސް) ހާސިލުކުރައްވާފައިވާ ފަރާތެކެވެ. އޭނާ އަކީ ފަނޑިޔާރުކަމުގައި ދެ އަހަރު ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ މެޖިސްޓްރޭޓެކެވެ. އަދި މުހައްމަދު ޒާހިރު ހަސަން ވަނީ މޯލްޑިވްސް ކޮލެޖް އޮފް އިސްލާމިކް ސުޓަޑީސްޒް އިން ޑިޕްލޮމާ އިން ޝަރީއާ އެންޑް ލޯ ހާސިލުކުރައްވައިފައެވެ. އޭނާއަކީ ފަނޑިޔާރުކަމުގައި 21 އަހަރު ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ މެޖިސްޓްރޭޓެކެވެ.