ބެސްޓް އިންވެސްޓަރ ރިލޭޝަންސް ކޮމްޕެނީ މޯލްޑިވްސްގެ މަގާމަށް އުރީދޫ މޯލްޑިވްސް ހޮވިއްޖެއެވެ.
އުރީދޫ މޯލްޑިވްސްގެ ސީއީއޯ، ނަޖީބް ޚާން މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ މި އެވޯޑާއެކު އިންވެސްޓަރުންނާއި ކުންފުންޏާ ދެމެދު ކުރާ މުއާމަލާތްތައް ފުރިހަމަކުރުމަށް ކުންފުނިން ކުރަމުން އަންނަ މަސައްކަތް ބަލައިގެންފައިވާ ކަމަށް ގަބޫލު ކުރާ ކަމަށެވެ.
މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ލިސްޓިން ގަވާއިދުގައިވާގޮތުގެ މަތިން އުރީދޫ މޯލްޑިވްސްގެ ހިއްސާތައް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ރަސްމީކޮށް ލިސްޓުކޮށްފައިވަނީ 2017 ވަނަ އަހަރުގެ އޮގަސްޓު މަހު އެވެ.
އެ ކުންފުނިން ބާއްވާފައިވަނީ ރާއްޖޭގައި މިހާތަނަށް ބާއްވާފައިވާ އެންމެ ކާމިޔާބު އިނީޝިއަލް ޕަބްލިކް އޮފަރިން (އައިޕީއޯ) އެވެ.
އުރީދޫ މޯލްޑިވްސް ވެގެންދިޔައީ ރާއްޖޭގައި ލިސްޓުކުރެވިފައިވާ އެންމެ ބޮޑު އެއް ލިސްޓެޑް ކުންފުނީގެ އިތުރުން އެންމެ ބޮޑު ފްރީ ފްލޯޓް އެޑްޖަސްޓެޑް މާކެޓް ކެޕިޓަލައިޒޭޝަން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި އޮތް ކުންފުންޏަށެވެ.