މާލެ ސިޓީ ކައުންސިލުން ސާފުނުކޮށް ގިނަ ދުވަސްވެފައިވާ ސަހަރާތައް ސާފުކުރަން ފަށައިފިއެވެ.
ސާފުނުކޮށް ގިނަދުވަސްވެފައި ހުރި ސަހަރާތައް ސާފުކުރުމަށް މާލެ ސިޓީ ކައުންސިލުން ފެށި މި މަސައްކަތުގެ ދަށުން މިއަދު ވަނީ މާފަންނު ސަހަރާ ތެރެ ސާފުކޮށްފައެވެ. އެގޮތުން މިއަދު ވަނީ މާފަންނު ސަހަރާގައި ހެދިފައިވާ ވިނަ ނޮޅާ ސާފުކޮށްފައެވެ.
މީގެ އިތުރުން މާލެ ސިޓީ ކައުންސިލުން ވަނީ ގިނަ ދުވަސްތަކެއް ވަންދެން ބޭނުންނުކޮށް ދޫކޮށްލެވިފައިވާ ވިލިމާލޭގެ ސަހަރާ ވެސް ފާއިތުވި ހަފުތާ ބަންދުގެ ތެރޭގައި ސާފުކޮށްފައެވެ. އަދި އެ ކައުންސިލުން ދަނީީ އަލުން ވިލިމާލޭގައި މީހުން ވަޅުލުމުގެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންނެވެ.