ދަނޑުވެރިކަމަށް އެތެރެކުރާ ތަކެތީގެ ތެރެއިން 158 ތަކެތީގެ އިމްޕޯޓް ޑިއުޓީ ކަނޑާލައިފި އެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަލް އެންޑް އެގްރިކަލްޗަރ އިން މިމަހު އާންމުކުރި ބަޔާނެއްގައިދިވެހިރާއްޖޭގެ އެކްސްޕޯޓު އިމްޕޯޓުގެ ގާނޫނަށް ގެނެވުނު އިސްލާހަކާ ގުޅިގެން ދަނޑުވެރިކަމަށް އެތެރެކުރާ ތަކެތީގެ ތެރެއިން އިމްޕޯޓް ޑިއުޓީ ކަނޑާލުމަށް ކަނޑައަޅާފައިވާ ތަކެތީގެ ލިސްޓެއް ވަނީ އާންމުކޮށްފައެވެ.
އެ މިނިސްޓްރީން މައުލޫމާތުދޭގޮތުގައި މިފަދަ ލިސްޓެއް ގާއިމްކުރުމުގެ މައިގަނޑު މަގްސަދަކީ ދަނޑުވެރިންނަށް ހެޔޮ އަގެއްގައި ދަނޑުވެރިކަމަށް ހާއްސަކޮށްގެން ގެންނަ ތަކެތި ފޯރުކޮށްދީ، ދަނޑުވެރިކަމުގެ ސިނާއަތު ކުރިއެރުވުމެވެ.