ޚަބަރު

ނައިބު ރައީސް، އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ މެނޭޖްމަންޓް ޓީމާ ބައްދަލުކުރައްވައިފި

މަރިޔަމް ޝަހުދާ

އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ މެނޭޖްމަންޓް ޓީމާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ބައްދަލުކުރައްވައިފިއެވެ.

މިއަދު ރައީސް އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ވަނީ މިއަދު ފެށުން ދިރާސީ އާ އަހަރުގައި ރާއްޖޭގެ ތައުލީމީ ނިޒާމު އިތުރަށް ކުރިއަރުވާ ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވައިފައެވެ. މީގެ އިތުރުން ރާއްޖޭގެ ތައުލީމީ ދާއިރާ އިތުރަށް ތަރައްގީ ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީގެ މެނޭޖްމަންޓް ޓީމާއެކު ގާތުން މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ނައިބު ރައީސް، މިނިސްޓްރީގެ ސީނިއާ މެނޭޖްމަންޓް ޓީމަށް އެރުވިއެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށުނު އިރު މިއަދު ވަނީ ރާއްޖޭގައި ބިނާކުރެވުނު އެންމެ ބޮޑު ސްކޫލް ކަމަށްވާ ހުޅުމާލޭގެ ހުރަވީ ސްކޫލް ރަސްމީކޮށް ހުޅުވާ ސްކޫލްގެ ކިޔެވުން ފަށައިފައެވެ. މީގެ އިތުރުން ސަރުކާރުގެ ފަރާތުން ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ފޯރުކޮށްދިނުމުގެ ޕައިލެޓް ޕްރޮގްރާމް މިއަދު ވަނީ ފަށައިފައެވެ.