ޚަބަރު

ސުޕްރީމް ކޯޓުން ކުޑަކުދިންގެ އަދުލުގެ ގަވައިދު އެކުލަވާލައިފި

މަރިޔަމް ޝަހުދާ

ސުޕްރީމް ކޯޓުން ''ކުޑަކުދިންގެ އަދުލުގެ ގަވައިދު''ގެ ނަމުގައި ގަވައިދެއް އެކުލަވާލައިފި އެވެ.

''ކުޑަކުދިންގެ އަދުލުގެ ގަވައިދު'' އެކުލަވާލައި މިއަދު އާންމުކޮށްފައިވާ އިރު، މި ގަވައިދަށް އަމަލު ކުރަން ފެށުމަށް ހަމަޖެހިފައިވަނީ މިމަހު 20ވަނަ ދުވަހުން ފެށިގެންނެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިކަމާ ގުޅޭ ގޮތުން އާންމުކުރި ސާކިއުލާއެއްގައިވާ ގޮތުގައި މި ގަވައިދު އެކުލަވާލާފައި މިވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާބެހޭ ގާނޫނުގެ ދަށުން ކުދިން ކުރާ ކުށުގެ މައްސަލަތައް ބަލައި، ތަހުގީގުކޮށް، އިންސާފުކޮށް އަދަބުދޭންޖެހޭ ކަންތައްތަކުގައި އަދަބުދޭނެ ވަކި ނިޒާމެއް ހަމަޖެއްސުމުގެ ގޮތުންނެވެ.