ޚަބަރު

"ގެސް ދަ ވަރޑް"ގެ ނަމުގައި އުރީދޫއިން ފޯރިގަދަ އެސްއެމްއެސް މުބާރާތެއް ފަށައިފި

މުހައްމަދު އައުޒަމް

"ގެސް ދަ ވަރޑް"ގެ ނަމުގައި އުރީދޫއިން ފޯރިގަދަ އެސްއެމްއެސް މުބާރާތެއް ފަށައިފިއެވެ.

މަޝްހޫރު ގޭމް 'ހޭންގް މޭން' އަށް ބިނާކޮށް އުރީދޫއިން ތައާރަފު ކުރާ "ގެސް ދަ ވަރޑް" ގޭމް ކުޅެ އެންމެ ގިނަ ސްކޯ ހޯދާ ފަރާތްތަކަށް ވަނީ ދެ ލައްކަ ރުފިޔާގެ އަގުހުރި އިނާމެއް ހުށަހަޅައިފައެވެ. އޭގެ ތެރޭގައި ޑޭޓާ ޕެކޭޖުތަކާއި ސްމާޓް ފޯނުގެ އިތުރުން މެކްބުކް އެއާވެސް ހިމެނެއެވެ.

"ގެސް ދަ ވަރޑް" ގޭމް ފަސް ލެވެލްއަކަށް ބެހިގެންދާ އިރު، ގޭމްގެ ބައިވެރިންގެ އަމާޒަކަށް ވާންވާނީ ތަފާތު އެކި ލަފުޒުތައް ދިމާކޮށް އެންމެ ގިނަ ޕޮއިންޓު ހޯދުމެވެ. މި ގޭމްގައި ލެވެލް އިތުރުވާ ވަރަކަށް ލަފުޒުތައް އުނދަގޫވާނެއެވެ. އަދި ލިބޭ ޕޮއިންޓުވެސް އިތުރުވެގެންދާނެއެވެ.

މިމަހުގެ 10 އިން އޭޕްރީލް 10 އަށް ކުރިއަށްގެންދާ މި މުބާރާތުގައި ބައިވެރިވުމަށް "ގޯ" ޖެހުމަށްފަހު 4646 އަށް އެސްއެމްއެސް ކުރުމުން ބައިވެރިވެވޭނެއެވެ.

"ގެސް ދަ ވަރޑް" ގޭމްގެ ލީޑަރބޯޑުގައި އެންމެ ކުރި ހޯދާ ފަރާތްތަކުގެ ތެރެއިން ދުވަހުގެ އެންމެ ޓޮޕް ސްކޯރަރ އަށް 1.25 ޖީބީ ޑޭޓާ ލިބިގެންދާނެއެވެ. އަދި ކޮންމެ 15 ދުވަހަކުން އެންމެ ޓޮޕް ސްކޯރަރ އަށް އައިފޯން އެކްސް އެއް ލިބިގެން ދާނެއެވެ.

"ގެސް ދަ ވަރޑް" ގޭމް މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް މެކްބުކް އެއާއެއް ލިބިގެންދާނެއެވެ. ދެވަނައަށް ސެމްސަންގ ގެލެކްސީ ނޯޓް 9 އެއް ލިބިގެންދާނެއެވެ. އަދި ތިިންވަނައަށް އެންމެ މޮޅު ކުޅުންތެރިޔާއަށް އެޕަލް ވޮޗް އެއް ލިބިގެންދާނެއެވެ.

އުރީދޫއަކީ އަބަދުވެސް ކަސްޓަމަރުންނަށް ބޭނުންވާ ހިދުމަތްތަކާއި ޕްރޮމޯޝަންތައް ގެނެސްދިނުމަށް މަސައްކަތް ކުރާ ކުންފުންޏެކެވެ.

"ގެސް ދަ ވަރޑް" ގޭމްއާ ބެހޭ މައުލޫމާތު ހޯއްދެވުމަށް އުރީދޫގެ ވެބްސައިޓުގެ އިތުރުން އުރީދޫގެ އެހެނިހެން ޕްލެޓްފޯމްތައް މެދުވެރިކޮށް އުރީދޫއާ ގުޅާލެވިގެންދާނެއެވެ.