އއ. އަތޮޅުގައި އޮންނަ އެއްލައިދޫ މޯލްޑިވްސް ބައި ސިނަމަންގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިނގި މާރާމާރީގައި ވަޅި ހަރައި މީހަކު މަރާލި މައްސަލައިގައި ބިދޭސީއަކު ހައްޔަރުކޮށް އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މީހަކު މަރާލި މައްސަލައާ ގުޅިގެން ހައްޔަރުކުރި 39 އަހަރުގެ ސްރީ ލަންކާ މީހާގެ ބަންދަށް އދ. މަހިބަދޫ މެޖިސްޓްރޭޓު ކޯޓުން ވަނީ 15 ދުވަސް ޖަހާފައި ކަމަށެވެ.
އެ މީހާ ހައްޔަރުކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ރޭގައެވެ.
ބުރާސްފަތި ދުވަހުގެ ރޭގައި ހިނގި މާރާމާމާރިގައި މަރުވެފައިވަނީ 24 އަހަރުގެ ލަންކާ ޒުވާނެކެވެ. އޭނާ މަރާލާފައިވަނީ ބޮޑު ކަތިވަޅިއެއް ބޭނުންކޮށްގެން މޭ މަތީގެ ހަތަރު ތަނަކަށް ހަމަލާ ދީގެންނެވެ. އެ ދެ މީހުންނަކީ ވެސް މަސްތުގެ ހާލަތުގައި ތިބި ސްރީލަންކާގެ ރައްޔިތުން ކަމަށް މައުލޫމާތު ލިބެއެވެ.
އެ ހާދިސާގައި މަރުވި ޒުވާނާގެ ހަށިގަނޑު ވީތަނަކާ ގުޅޭގޮތުން މައުލޫމާތެއް ނުލިބެއެވެ.