ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކޮމިއުނީޓ ފަންޑުން އިތުރު 10 ރަށަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ބީއެމްއެލުން ބުނީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓުތަކަށް އެހީވުމުގެ ގޮތުން ބީއެމްއެލުން ހިންގާ "އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑު" ގެ ދަށުން މިއަހަރުގެ ފަހު ފިޔަވަހީގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު 10 ޕްރޮޖެއް ހޮވިފައިވާ ކަމަށެވެ.
ބީއެމްއެލްގެ މެނޭޖަރު ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވިގޮތުގައި އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް މި ފަހަރު ވެސް ރާއްޖޭގެ އެކި ރަށްރަށުގައި ހިންގުމަށް ވަރަށް ރަނގަޅު ގިނަ ޕްރޮޕޯސަލްތަކެއް ލިބިގެންދިޔަ ކަމަށެވެ. އަދި ޖަމިއްޔާތަކުންނާއި އާންމު ފަރުދުންގެ ފަރާތުން ރަށްރަށަށް ބޭނުންތެރި މިފަދަ ޕްރޮޖެކްޓުތައް ކަރުދާހަށް ގެނެސް، އަމަލީ މަސައްކަތް ކުރުމަށް ކުރާ ބުރަ މަސައްކަތް ފާހަގަކޮށް އެ ފަރާތްތަކަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި މި ޕްރޮޖެކްޓުތައް ކާމިޔާބުކަމާއެކު ނިންމައިލުމުގައި ބައިވެރިވެވުމަކީ ލިބޭ އުފަލެއް ކަމަށެވެ.
މިދިޔަ އަހަރު ބޭންކުން ތައާރަފު ކުރި މި ފަންޑުގެ ދަށުން މިހާތަނަށް ރާއްޖޭގެ 40 ރަށެއްގައި ޕްރޮޖެކްޓް ހިންގުމަށް ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.