ކ. ދިއްފުށްޓާއި މީރު ފެންފުށްޓާ ދެމެދަށް މޫދަށް އެރި އުޅުނު ދެ ފަތުރުވެރިން މަރުވެއްޖެ އެވެ.
ފުލުހުން ބުނީ ދެ ފަތުރުވެރިޔަކު މަަރުވިކަމުގެ ރިޕޯޓު މިއަދު ހެނދުނު 10:56 ހާއިރު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ ހާދިސާގައި މަރުވެފައިވަނީ ފިލިޕީންސްގެ އަންހެނަކާއި ފިރިހެނެކެވެ. އެގޮތުން އެ ހާދިސާގައި މަރުވެފައިވަނީ 29 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ އަންހެނެއް ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން މައުލޫމާތުދޭގޮތުގައި އެ ހާދިސާގައި ދެމީހުން ދިއްފުށީ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ މަރުވެފައެވެ.
އެ މައްސަލަ ފުލުހުން ދަނީ މިހާރު އިތުރަށް ބަލަމުންކަމަށް ފުލުހުން ބުނެއެވެ.