ޚަބަރު

އޭސް ހާޑްވެއަށް ނުވަ އަހަރު: ބޮޑެތި ޑިސްކައުންޓްތަކާއެކު އައިފޯން 12 ޕްރޯއެއް ލިބޭ ޕްރޮމޯޝަނެއް

އޭސް ހާޑްވެއާއަށް ނުވަ އަހަރު ފުރުމާ ދިމާކޮށް ބޮޑެތި ޑިސްކައުންޓްތަކާއެކު ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އޭސް ހާޑްވެއާ އެންޑް ހޯމް ސެންޓަރުގެ ވިޔަފާރި ރާއްޖޭގައި ފެށިތާ ނުވަ އަހަރު ފުރުމާ ގުޅިގެން މިމަހުގެ އެކަކުން ފެށިގެން މިމަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ހާޑްވެއާއަށް ގޮސް ވިޔަފާރިކުރާ ފަރާތްތަކަށް 80 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ.

މި ޑިސްކައުންޓް ލިބޭނީ ގޭތެރެއަށް ބޭނުންވާ ސާމާނާއި ބަދިގެއަށް ބޭނުންވާ ސާމާނު އަދި ގޭތެރެ ޒީނަތްތެރި ކުރުމަށް ބޭނުންވާ ސާމާނުންނެވެ. އަދި ކުލައިންނާއި ކުޑަކުދިންގެ ކުޅޭ ސާމާނުން ވެސް ބޮޑު ޑިސްކައުންޓެއް ލިބޭނެ އެވެ.

އެގޮތުން ފިހާރައަށް ގޮސް ކުރާ 300 ރުފިޔާއިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭއިރު ނަސީބުވެރި އެއް ފަރާތަކަށް އައިފޯން 12 ޕްރޯ އެއް ލިބިގެންދާނެ އެވެ.

އޭސް ހާޑްވެއާ އިން ބުނީ، ފިހާރައަށް ގޮސް ވިޔަފާރި ކުރުމުގެ އިތުރުން އޮންލައިން ޕްލެޓްފޯމްތަކަށް ހާއްސަ ޕްރޮމޯޝަނެއް ވެސް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން "ލަކީ ވީލް" އިން ގަންނަ ތަކެތި ހިލޭ ލިބޭނެ އެވެ. އަދި އޭގެން ބާބަކިއު ގްރިލް އާއި ޑިސްކައުންޓް ލިބުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.

އޭގެ އިތުރުން އޮންލައިންކޮށް ވިޔަފާރިކުރާ މީހުންނަށް ހާއްސަކޮށް "ބަންޑަލް އޮފާ"ތަކެއް ދިނުމަށް ވެސް ވަނީ ނިންމައިފަ އެވެ. އެ އޮފާގައި 3،500 ރުފިޔާއަށް ލިބޭ ގިފްޓް ބަންޑަލްގެ އަގު ވަނީ 499 ރުފިޔާއަށް ހެޔޮކޮށްފަ އެވެ.

މީގެ އިތުރުން ސޯޝަލް މީޑިއާ މެދުވެރިކޮށް ހާއްސަ މުބާރާތްތަކެއް ކުރިއަށް ގެންދަން ނިންމާފައިވާއިރު، ޕްރޮމޯޝަން ކުރިއަށް ގެންދާ މުއްދަތުގައި ފޭސްބުކާއި ވައިބާ މެދުވެރިކޮށް ކަސްޓަމުންނަށް ހަދިޔާތަކެއް ލިބޭނެ އެވެ. އެގޮތުން ދޫކޮށްލާ އިނާމުތަކުގެ ތެރޭގައި ސެންޓާއި 5،000 ރުފިޔާގެ ގިފްޓް ވައުޗާ ހިމެނެ އެވެ.

އޭސް ހާޑްވެއާ ރާއްޖޭގައި އިފްތިތާހު ކޮށްފައިވަނީ މީގެ ހަތް އަހަރު ކުރިން 15 ޑިސެމްބަރު 2011 ގައެވެ. އެއީ އެމެރިކާގެ ޗިކާގޯގެ އޭސް އިންޓަނޭޝަނަލް އާއި ރާއްޖޭގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ކޯ-ލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ފެށުނު ވިޔަފާރިއެކެވެ.

މި އެއްބަސްވުމަށްފަހު އޭސް ހާޑްވެއާ އެންޑް ހޯމް ސެންޓަރުގެ ފުރަތަމަ ފިހާރަ މާލޭގައި ހުޅުވާފައިވަނީ 20 ޑިސެމްބަރު 2011 ގައެވެ. އަދި އޭގެ ދެ އަހަރު ފަހުން ދެވަނަ ފިހާރައެއް ވަނީ ހުޅުވައިފަ އެވެ.