ޚަބަރު

ހެނދުނުގެ ނާސްތާ ޕްރޮގްރާމް ރަސްމީކޮށް ފައްޓަވައިދެއްވައިފި

އަހުމަދު ޖައިޝަން

1

ސްކޫލުތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމަށް ސަރުކާރުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޕްރޮގްރާމް، ނައިބު ރައީސް ފައިސަލް ނަސީމް ރަސްމީކޮށް މިއަދު ފައްޓަވައިދެއްވައިފި އެވެ.

އަމީނިއްޔާ ސްކޫލުގައި އެ ޕްރޮގްރާމް ރަސްމީކޮށް ފައްޓަވައިދެއްވާފައިވަނީ ނައިބު ރައީސް ފައިސަލް ނަސީމެވެ. އެ ހަރަކާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ޕައިލެޓް ޕްރޮގްރާމު ފުރަތަމަ ކުރިއަށްދާނީ 25 ސްކޫލެއްގައެވެ. އަމީނިއްޔާ ސްކޫލުގެ އިތުރުން އެ ޕްރޮގްރާމް ކުރިއަށްދާނެ ސްކޫލުތަކަކީ:
މަޖީދިއްޔާ ސްކޫލް
އިސްކަންދަރު ސްކޫލް
ހުރަވީ ސްކޫލް (ހުޅުމާލެ)
މުހްޔިއްދީން ސްކޫލް
ބ. އަތޮޅު ތައުލީމީ މަރުކަޒު (އޭދަފުށި)
ޝަރަފުއްދީން ސްކޫލް (ސ. ހިތަދޫ)
ގދ. އަތޮޅު ތައުލީމީ މަރުކަޒު (ގދ. ތިނަދޫ)
ގއ. ދާންދޫ ސްކޫލް
ކ. އަތޮޅު ތައުލީމީ މަރުކަޒު (ތުލުސްދޫ)
ޅ. އަތޮޅު މަދަރުސާ (ކުރެންދޫ)
މ. ނާލާފުށި ސްކޫލް
ވ. ފުލިދޫ ސްކޫލް
ތ. ބުރުނި ސްކޫލް
އއ. މާޅޮހު ސްކޫލް
ޝަހީދު އަލީ ތަކުރުފާން ސްކޫލް (ހއ. ތަކަންދޫ)
ރ. ރަސްމާދޫ ސްކޫލް
ހދ. ނޭކުރެންދޫ ސްކޫލް
ލ. އަތޮޅު ސްކޫލް (މާބައިދޫ)
ނ. މާފަރު ސްކޫލް
ދ. އަތޮޅު މަދަރުސާ (މީދޫ)
ޏ. އަތޮޅު ތައުލީމީ މަރުކަޒު
އދ. އަތޮޅު ސްކޫލް (މާމިގިލި)
ފ. އަތޮޅު ތައުލީމީ މަރުކަޒު (ނިލަންދޫ)
ށ. މިލަންދޫ ސްކޫލް

ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމް 25 ސްކޫލެއްގައި ފަށާފައިވާއިރު މިއަހަރުގެ ދެވަނަ ޓާމްގެ ކިިޔެވުން ފަށާއިރު އެ ޕްރޮގްރާމް ހުރިހާ ސްކޫލެއްގައިވެސް ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

އަދި އެ ޕްރޮގްރާމްގައި ދަރިވަރުންނަށް 10 މެނޫއެއްގެ ދަށުން ނާސްތާ ފޯރުކޮށްދޭނެއެވެ. އެއީ :
ރޮށި، ބިސްގަނޑު، ކިރު
ރޮށި، ފަތު މަސްހުނި، ކިރު
ރޮށި، ކިރު، ތަރުކާރީ މަސްހުނި
ރޮށި، ކިރު، ބަރަބޯ މަސްހުނި
ރޮށި، ކިރު، ބަށި މަސްހުނި
ރޯލް، ބޭކަޑް ބީންސް، ކިރު
ކިރު، ބިސް، ސޭންޑްވިޗް
ކިރު، ޗީޒް ސޭންޑްވިޗް
ކިރު، ޕާން، ޕީނަޓް ބަޓަރ

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟