ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރާއްޖޭގެ އެންމެހައި ސްކޫލު ދަރިވަރުންނަށް މިއަދު ފެށި ދިރާސީ އާ އަހަރުގެ ހެޔޮ އެދުމާއި ތަހުނިޔާ ފޮނުއްވައިފި އެވެ.
ރައީސް ސޯލިހު ދަރިވަރުންނަށް ހެޔޮ އެދުމާއި ތަހުނިޔާ ފޮނުއްވައިފައި ވަނީ އެމަނިކުފާނު މިއަދު ހެނދުނު ކުރެއްވި ޓުވީޓެއްގަ އެވެ.
ރައީސްގެ ޓުވީޓުގައި ވިދާޅުވެފައި ވަނީ، ހުރިހާ ދަރިވަރުންނަށް ވެސް މި ފެށި ދިރާސީ އާ އަހަރަކީ އާ ކަންކަން ދަސްވެ ދަރިވަރުންގެ ކިބައިގައި ހުންނަ ގާބިލު ކަމާއި ހުނަރު ހުޅުވައިލަދޭ އަހަރަކަށް ވެގެން ދިއުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ވީ
އެކަކު އަނެކަކަށް އިހުތިރާމު ކުރުމާއި ހެޔޮކޮށް ހިތުމާއި އަޅައިލުމަކީ ވެސް ރަސްމީ ތައުލީމެކޭ އެއްވަރަށް މުހިންމު ކަމެއްކަން ހުރިހާ ދަރިވަރުން ވެސް ހަނދާން ބެހެއްޓުމަށް ރައީސް ސޯލިހު ވަނީ ދަރިވަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.