މާލޭގެ ގެއެއްގެ ތެރޭގައި ވެސް މަރުވެފައި އޮތް ޒުވާނަކު ފެނިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވަން އޮންލައިންއަށް މައުލޫމާތު ދިން ގޮތުގައި ފުލުހުންނަށް މީހަކު މަރުވެގެން އުޅޭ ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހަވީރު 4:30 ހާއިރުއެވެ. އަދި މަރުވެފައިވަނީ 27 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދިނެވެ. މި މީހާ މަރުވެފައި އޮއްވައި ފެނުނީ މާފަރު ގެސްޓް ހައުސް ކައިރީ ގެއަކުން ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
މިހާރު އެމީހާގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު ފުލުހުން އަންނަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މާލޭގެ ގެއެއްގެ ތެރެއިން މިއަދު ހަވީރު މަރުވެފައި އޮތް ޒުވާނަކު ފެނުނު އިރު، މިއަދު ހެނދުނު ވަނީ މަރުވެފައި އޮތް 27 އަހަރުގެ އަންހެނަކު ވެސް ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.