ޚަބަރު

ހުޅުމާލޭގައި މަރުވި ޒުވާން އަންހެންކުއްޖެއްގެ މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފި

ހުޅުމާލޭގައި މަރުވި ޒުވާން އަންހެން ކުއްޖެއްގެ މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.

މަރުވެފައި ވަނީ ހުޅުމާލެ، މުރަކަ -7، އާއިޝަތު ވިިިިިިިިިިިިިިިިިިިިޝާމާ، 27އ އެވެ.

"ވަން އޮންލައިިިިިިިިިިިިިިިިިން" އަށް އެނގިފައިވާ ވިޝާމާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ވަނީ މަރުވެފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ވިޝާމާ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ރޭ 9:30 އެހާާާާާާާާާާާާާާާާާާއިރު ކަމަށެވެ. އެހެން ނަމަވެސް "ވަން އޮންލައިން"އަށް މައުލޫމާތު ލިިބިފައިވާ ގޮތުގައި އޭނާ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ މިއަދު ހެނދުނު 7:30 ނުވަތަ 8:00 އެހާ އިރު އެވެ. އަދި ގެންދިޔަ އިރު ވެސް އޮތީ މަަރުވެފައެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ވިޝާމާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް ކަހަލަ އަނިޔާއެއް ފެންނާކަށް ނެތެވެ.

"ވަން އޮންލައިން"އަށް އެނގިފައިވާ ގޮތުގައި ވިޝާމާ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދިޔައީ ވެސް އޭނާގެ ރައްޓެހީންތަކެކެވެ. އަދި އޭނާގެ އާއިލާއަށް ވެސް އެކަން އެނގުނީ މިއަދު ހެނދުނު ކަމަށްވެ އެވެ. އެހެން ކަމުން ވިޝާމާ އަސްލު މަރުވެފައި ވަނީ މިއަދު ހެނދުނު ކަމެއް ނުވަތަ ރޭގެ ވަގުތެއްގައިކަން ވެސް ވަނީ ޔަގީން ނުވެފަ އެވެ.

ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ވިޝާމާ މަރުވެފައި ވަނީ ޑްރަގް އޯވަޑޯޒް ވެގެންނެވެ. އޭނާ ބޭނުންކުރީ ޕާޓީ ޑްރަގު ކަމަށް ވެސް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

"ވަން އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ވިޝާމާ ހޮސްޕިޓަލަށް ގެންދިޔައީ މިއަދު ހެނދުނު ނަމަވެސް، އޭނާ ބައެއް އެކުވެރީންނާ އެކު ރޭ ޕާޓީ ކުރީ ހުޅުމާލޭގައި ހުންނަ އަމީން އެވެނިއުގެ އެޕާޓްމެންޓެއްގަ އެވެ.

މި ކަމާ ގުޅޭ ގޮތުން ހުޅުމާލޭ ހޮސްޕިޓަލުން ބުނީ މި މައްސަލައާ ގުޅޭ ރަސްމީ ބަޔާނެއް މާދަމާ ނެރޭނެ ކަމަށެވެ.

ވިޝާމާގެ ޖަނާޒާ ބާއްވަން ނިންމައިފައި ވަނީ މިއަދުގެ މަޣުރިބު ނަމާދަށްފަހު ހުޅުމާލޭ ވަގުތީ މިސްކިތުގަ އެވެ.