ޚަބަރު

ކުޑަކުދީންގެ ހިޔާގައި ތިބޭ ކުދީން އިމާރާތުގެ ފުރާޅު މައްޗަށް އަރައިގެން އުޅޭ ފޮޓޯތަކެއް އާންމުވެއްޖެ

އަހުމަދު ޖައިޝަން

2

ވިލިމާލޭގައި ހުންނަ ކުޑަކުދީންގެ ހިޔާގައި ތިބޭ ކުދީންގެ ތެރެއިން ދެ ކުއްޖަކު އިމާރާތުގެ ފުރާޅު މައްޗަށް އަރައިގެން އުޅޭ ފޮޓޯތަކެއް އާންމުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި އާންމުވި ފޮޓޯތަކުން އެނގޭގޮތުގައި ކުޑަކުދީން ހިޔާގެ ފުރާޅު މައްޗަށް އަރައިގެން ތިބީ ދެ ފިރިހެން ކުދިންނެވެ. ނަމަވެސް އެކުދީންގެ އުމުރާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

ކުޑަކުދީންގެ ހިޔާގެ ފުރާޅު މަތީގައި ކުދީންތަކެއް ތިބުމުން އާންމުންގެ ބައެއް މީހުން ވަނީ އެކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ސަރުކާރުން ކުޑަކުދީންގެ ހިޔާގެ ކުދީންނާ މެދު ޒިންމާދާރުވާ މިންވަރު ކުޑަ ކަމަށް ވަނީ ބައެއް މީހުން ފާހަގަކޮށްފައެވެ.

ވިލިމާލޭ ކުޑަކުދިންގެ ހިޔާގައި 18 އަހަރު ދަށުގެ އެކި އުމުރުފުރާގެ ކުދީން ދިރިއުޅެއެވެ.

ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފު މީގެކުރީން ވިދާޅުވީ ކުޑަކުދިން ބަލަހައްޓާ ހިޔާތައް ހިންގަނީ އެންމެ އެކަށީގެންވާ ގޮތަށް ނޫން ކަމަށެވެ.

އެހެންނަމަވެސް ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެތަންތަނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް އަމާޒު ހިފާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟